ކައިވެންޏަށް ފަހު އެމެރިކާގައި ދިރިއުޅެމުން އައި މާދުރީ ޑިކްސިޓް
ފިރިމީހާ އާއި ކުދިންނާ އެކު އިންޑިއާ އަށް ބަދަލުވީތާ ދެ އަހަރު ވެއްޖެ
އެވެ. އިންޑިއާ އަށް ބަދަލުވުމަށް ފަހު އޭނާ ވަރަށް އަވަހަށް ފިލްމު ކުޅެން
ފަށާފާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިހާތަނަށް ފެނިފައިވަނީ ޓީވީ
އިޝްތިހާރުތަކުންނާއި ޕާޓީތަކާއި އިވެންޓްތަކުންނެވެ.
މިހާތަނަށްް މާދުރީ އަށް ރަނގަޅު ފިލްމެއް ކުޅެން ނުފެށިގެން އުޅެނީ
28 އަހަރު ވަންދެން އޭނާގެ ސެކްރެޓަރީކަން ކޮށްފައިވާ ރިއްކޫ އާއި އޭނާއާ
ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ދެމީހުން ވަކިވެފައި ވާތީ
އެވެ.
މާދުރީ ބުނި ގޮތުގައި އޭނާގެ ކެރިއަރާ ބެހޭ ހުރިހާ މަސައްކަތެއް ދެން ކުރާނީ އޭނާގެ ޑޮކްޓަރު ފިރިމީހާ އެވެ.
ބުނެވޭ ގޮތުގައި މާދުރީގެ ކުރީގެ ސެކްރެޓަރީ ރިއްކޫ ފާއިތުވީ ދެ
އަހަރު ތެރޭ މާދުރީ އަށް ހޯދައިދިން ފިލްމީ ޕްރޮޖެކްޓްތަކާ އޭނާގެ ފިރިމީހާ
އެހާ ބޮޑަކަށް ހިތްހަމައެއް ނުޖެހެ އެވެ. އޭނާ ދެކޭ ގޮތުގައި މާދުރީ
ކަހަލަ ހުނަރުވެރި އެކްޓަރަކަށް މިއަށް ވުރެ ރަނގަޅު ޕްރޮޖެކްޓްތައް ލިބޭނެ
އެވެ.
އެމެރިކާގެ މަޝްހޫރު ހޮސްޕިޓަލެއްގައި ސާޖަންއެއްގެ މަގާމުގައި ހުރި
ޑރ. ނޭނޭ ވަޒީފާ ދޫކޮށްލާފައި މާދުރީއާ އެކު އިންޑިއާ އަށް ބަދަލުވީ
މާދުރީގެ ފިލްމީ ކެރިއަރަށް އަލުން ދިރުން ގެނެސްދީ އޭނާގެ ކުރީގެ މަގާމު
އަނބުރާ ހޯދައިދިނުމުގެ ބޭނުމުގަ އެވެ. އެހެންކަމުން ރިއްކޫ ކަންތައް ކުރި
ގޮތާ ހިތްހަމަނުޖެހިގެން ޚުދް ޑރ. ނޭނޭ ވަނީ މިހާރު މާދުރީގެ ކެރިއަރުގެ
ހުރިހާ ކަމެއް ބަލަހައްޓަން ނިންމާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް
އޭނާ ކުރި ކަމަކީ ޓެލެންޓް މެނޭޖަރެއް މާދުރީ އަށް ހޯދާދިނުމެވެ. އަދި
މާދުރީގެ ސެކްރެޓަރީއަކަށް ވެސް ޒުވާން މީހަކު ލައިގެން ބޮޑެތި
ފިލްމުތަކެއް ހޯދުމަކީ ޑރ. ނޭނޭގެ އުންމީދެވެ.

Post a Comment