Latest Post

ސަންގެ ނޫސްވެރިއަކު ފުލުހުން ހައްޔަރުކޮށްފި

Written By Unknown on Tuesday, March 26, 2013 | 12:08 AM

ސަން އޮންލައިންގެ ނޫސްވެރިއަކު މިއަދު ޖަސްޓިސް ބިލްޑިންގް ސަރަޙައްދުގައި ހަރަކާތެރިވަނިކޮށް ފުލުހުން ހައްޔަރު ކޮށްފިއެވެ. 
ފުލުހުން މިއަދު ހައްޔަރުކޮށްފައި ވަނީ ސަންގެ ނޫސްވެރިޔާ އަހުމަދު އާޒިފެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެކި މައްސަލަތަކުގައި މިއަދު ކޯޓަށް ގެންދިޔަ މީހުން ފޮޓޯ ނަގަން އުޅުމުން މީޑިއާ ފާސް އަޅައިގެން ހުރެ ފޮޓޯ ނެގުމަށް ޖަސްޓިސް ބިލްޑިންގުގައި ތިބޭ ފުލުހުން އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެދި ކަމަށް ބުނެ އެވެ.

ލާދީނީ ނޫން ވެއްޖިއްޔާ ﷲގެ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

Written By Unknown on Tuesday, March 12, 2013 | 10:38 PM

بسم الله نحمده ونستعينه.

އަހަރެމެން އެބަ ބުނަމުއެވެ. އަހަރެމެން އެންމެންނަކީވެސް މުސްލިމުންނެވެ. އެހެންކަމުން އަހަރެމެން ލާދީނީ ބަޔަކަށް ނުވާނެއެވެ. އެހެންކަމަށްވާނަމަ އެފަދަ މީހުންނާ ކޮށްލަން ސުވާލެއް އެބައޮތެވެ؟ އެހެންވިއްޔާ މުސްލިމަކަށްވެ ހުރެ ﷲއަކީ ހުރިހާ މަޚުލޫޤޫން އުފެއްދެވި އިލާހު ކަމާއި އެއިލާހު ބާވާލެއްވި ޝަރީޢަތަކީ އެންމެ މޮޅު ޝަރީޢަތްކަމަށް ވާހިނދު އެޔާ މެދު ޝައްކު އުފެދި އެޔަށް މަލާމާތްކޮށް އެޔަށް އިންކާރު ކުރަނީ ކީއްވެ ހެއްޔެވެ؟ މުސްލިމުން ނަކީ ތެދުކޮށް އީމާންވާ މީހުންނެވެ. މުސްލިމުން ކިޔަނީ ކިޔަމަން ގަންނަ މީހުންނަށެވެ. އެހެންކަމަށްވާނަމަ ތިޔަބުނާ ބަހުގެ ތެދުކަން ސާބިތުކޮށްދޭށެވެ.

މާދުރީގެ ފިލްމީ ކެރިއަރު އަލުން ދިރުވަން ފިރިމީހާ ހަވާލުވެއްޖެ

ކައިވެންޏަށް ފަހު އެމެރިކާގައި ދިރިއުޅެމުން އައި މާދުރީ ޑިކްސިޓް ފިރިމީހާ އާއި ކުދިންނާ އެކު އިންޑިއާ އަށް ބަދަލުވީތާ ދެ އަހަރު ވެއްޖެ އެވެ. އިންޑިއާ އަށް ބަދަލުވުމަށް ފަހު އޭނާ ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާފާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިހާތަނަށް ފެނިފައިވަނީ ޓީވީ އިޝްތިހާރުތަކުންނާއި ޕާޓީތަކާއި އިވެންޓްތަކުންނެވެ.

ޕްރޮސްޓޭޓްގެ ދުޅަހެޔޮކަން ދެމެހެއްޓުން

ޕްރޮސްޓޭޓަކީ ފިރިހެނުންގެ ޖިންސީ އަދި ކުޑަކަމުދާ ނިޒާމުގައި މަސާނާ އާއި ކުޑަކަމުދާ ހޮޅިގުޅޭ ހިސާބުގައިވާ މަހުގެ ގުނަވަނެކެވެ. މިއީ ދަރިމައިވުމުގެ ޞިއްޙަތަށް ވަރަށް މުހިންމު އަދި ދަރިފަނީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ދިޔައެއް އުފައްދާ ގުނަވަނެކެވެ. މިގުނަވަނަކީ ފިރިހެނުން ޢުމުރުން ދުވަސްވާ ވަރަކަށް ތަބީޢީގޮތުންވެސް ބޮޑުވާ (ދުޅަވާ) ގުނަވަނެކެވެ. އަދި އެކަމާ ގުޅިގެން ފިރިހެނުންގެ ކުޑަކަމުދިއުމުގެ ނިޒާމަށް ތަފާތު އެކި މައްސަލަޖެހެއެވެ. ހަމަ އެހެންމެ ޕްރޮސްޓޭޓް ކެންސަރަކީ ވެސް ޢުމުރުން ދޮށީ ފިރިހެނުންގެ ތެރޭގައި ޢާންމު ބައްޔެކެވެ. އެހެންކަމުން ޕްރޮސްޓޭޓްގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ބޭނުންތެރި އެހާމެ މުހިންމު ކަމެކެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތަކަށް މިކޮލަމްގައި އަޅުގަނޑު އަލިއަޅުވާލާނަމެވެ.

ހުރިހައި ކަމެއް ވެސް މަގޭ ވެރިކަމުގައި

ފުރާވަރުވެގެން އައި އިރު އަޅުގަނޑުގެ ހަގަށް އައްޔަކާއި ފާތިންއަކާއި އައިޝާއެއް ތިބެއެވެ. މިއީ ކުޑަކުޑަ ކުދީނެވެ. މި ކުދީން ދުވަހު ދަސް ކީމައި ބިންމަތީގައި ގޮޅިތަކަކަށްވާ ގޮތަށް ރޮނގުތަކެއް ދަމައިގެން ޒާތެއް ކުޅިވަރެއް ކުޅޭނެ ހުއްދައެއް ދީފައި އޮވެ އެވެ. އެކުދީންގެ ބަހުން ވިއްޔާ އެއީ ކޮންޓަންގެޔޯލަ އެވެ. އަތުގައި އޮންނަ ފޯލި އެއްލައިފައި ޖެހިގެން އޮންނަ ގޮޅިމަތިން ފުންމައިފައި އަނެއް ގޮޅިއަށްދާނީ އެވެ. ފޯލި އޮންނަ ގޮޅިއަށް އެރޭން ދެނެވެ. ޒާތެއްގެ ގޮޅި ކުޅުމެކެވެ. އަޅުގަނޑު ވެސް އެ ކުދިންނާ ހަނގާ ކުރާށާއެކު ކުޅިވަރުގައި ބައިވެރިވަމެވެ. އެ ކުދީންނަށް ގޮޅިޔަށް ނޭރި ނުބައި ވެއްޖެއްޔާ ކުޅުމުގައި އަޅުގަނޑަށް ފުރުސަތު ދެއެވެ. އެކަމަކު ގޮޅި މަތީން ފުމުމުގައި އަޅުގަނޑުގެ ޅޮސްކަމުން ކޮންމެ ފަހަރަކުމެ ނުބައިވަނީ އެވެ. އަޅުގަނޑު ނުބައިވީމާ އަޅުގަނޑަކަށް ކަމަކު ނުދެ އެވެ. އަޅުގަނޑު ބުނަނީ އަލުން ފަށާނީދޯ އެވެ! ދުވަހަކު ވެސް އެކުދީން ކުޅޭނެ ފުރަސަތެއް ނުދެމެވެ. ކުޅޭން ނުލިބިގެން އެކުދީން ދެ ފައިތަޅައިފައި ރޯނީ އެވެ. މިހެން ކަންތައްވާން ފެށުމުން މަންމަ އައިސް ބުނާނެ އެވެ. ކުދީން ކުޅޭއިރު ޑޭވީ ހެދިގެން ނޫޅެ ހިތުދަސްވޭތޯ އައްތަހިއްޔާތާ ހިފާން ދާން އުޅެހެރެވެ.

ބާސެލޯނާ އޮތީ މަރުގެ މެޗަކަށް ތައްޔާރުވެފައި

ބާސެލޯނާ (މާޗް 12) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އޭސީ މިލާނާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާގެ ޓެކްޓިކްސް އަށް ކޮންމެ ބަދަލެއް ގެންނަން ޖެހުނަސް އެކަމަށް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ ވަގުތީ ކޯޗު ޖޯޑީ ރޯރާ ބުނެފި އެވެ.

ވިލުފުށީ ސްމާޓް ސްކޫލު

މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ހުރިހާ ކަމަކަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު މި ވަސީލަތްތައް ވެސް ތައުލީމީ ދާއިރާއާ ވަނީ ގުޅިލާމެހިފަ އެވެ. އެންމެ މި ޒަމާނުގެ ޑިޖިޓަލް ސާމާނާ އެކު ހިންގާ އެއް ސްކޫލަކަށް ތ. ވިލުފުށީ ސްކޫލު ވާނެ އެވެ. މިއީ ރާއްޖޭގައި އުފެއްދި މި ފަދަ ދެ ވަނަ ސްކޫލެވެ. މީގެ ކުރިން މަޖީދިއްޔާ ސްކޫލުގައި ޑިޖިޓަލް ވަސީލަތްތަކާ އެކު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
 
Support : Creating Website | Johny Template | Mas Template
Copyright © 2011. އަޖުމަބަލާ - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger